Ehmme kuda ujoora Bill ahnna dhauru Majileehah hushahalhanee
image
ރައީސް ސޯލިހު --
0 ކޮމެންޓް
 

އެންމެ ކުޑަ އުޖޫރަ ބިލު އަންނަ ދައުރު މަޖިލީހަށް ހުށަހަޅަނީ

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭ ގޮތުން ސަރުކާރުން ހުށަހަޅާ ބިލު ރައްޔިތުން މަޖިލީހުގެ އަންނަ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ސަރުކާރުން ހާމަ ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މުހިއްމު ބިލުތަކެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންކަމް ޓެކްސް ނެގުމާއި ގުޅޭ ބިލުވެސް ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެކަމުގައި ޝާމިލުވާ ފަރާތްތަކާއި އެކުގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އިންކަމް ޓެކްސްގެ އިތުރުން އެންމެ ކުޑަ އުޖޫރައަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ދެ ކަމެވެ.
ރައީސް އޮފީސް
ހިޔާލު