Cross road Maldives hulhuvaifi
image
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކްރޮސް ރޯޑް މޯލްޑިވްސް ހުޅުވައިދެއްވަނީ -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

'ކުރޮސް ރޯޑް މޯލްޑިވްސް' ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުޅުވައިފިދެއްވައިފި

'ކުރޮސް ރޯޑް މޯލްޑިވްސް' ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ. މިރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ކްރޮސްރޯޑް މޯލްޑިވްސްގައެވެ.
ކުރޮސް ރޯޑް މޯލްޑިވްސް އަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭގޮތަށް އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭ ތަނެކެވެ.

މި ރިޒޯޓް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ބިޔަ މަޝްރޫޢަކީ ނުވަތަ ތަސައްވުރަކީ ރާއްޖޭގައި ހާސިލުނުކުރެވޭ ވަރުގެ ކަންކަން ނޫކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މިސަރުކާރުން ދުނިޔޭގެ އެކި ގައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލު އުޖާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރުބާރަކަށް ވެގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކުރޮސްރޯޑަކީ ހަމައެކަނި ފަތުރުވެރި ރިޒޯޓެއްގެ ހިދުމަތްތަކަށްވުރެ ފުޅާދާއިރާއެއްގައި ހިދުމަތްދޭ ތަނެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ އެތައް ކަމެއް އޭގެތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރޮސްރޯޑްގައި ހުންނަ ޑިސްކަވަރީ ސެންޓަރަކީ ރާއްޖޭގެ ތިމާވެއްޓާބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިދޭނެ ތަނެއްކަމަށާއި ކުރޮސް ރޯޑުގެ ސަބަބުން އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ކުރޮސްރޯޑް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެތަނުގައި ގާއިމުކޮށްފައިވާ އެކިއެކި ޚިދުމަތްތައް ބައްލަވާލައްވާފައެވެ.
ފަތުރުވެރިކަން
ހިޔާލު