Raajje-China: Muhiymmu 3 ehbbasvumehggai Soe koffi
image
ޗައިނާ އާއި ރާއްޖެއާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --
0 ކޮމެންޓް
 

ރާއްޖެ-ޗައިނާ: މުހިއްމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާ އާއި ރާއްޖެއާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި މިއަދު ސޮއިކޮށްފިއެވެ.
ޗައިނާއާ އެކުގައި ސޮއި ކުރެވުނު ތިން އެއްބަސްވުމަކީ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން ބިޓްވީން ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތެނިން ކޯޕަރޭޝަނާއި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ސްޕޯޓްސް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރުމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރުމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ އިތުރުން އެގްރިމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރުމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރުމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސްއެވެ.

މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ވަންގް ޔީއެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު ސްޓްރެންތެނިން ކޯޕަރޭޝަންގެ ސަބަބުން ދެގައުމުގެ މެދުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް އެކި ކަންކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިތުރު މަޝްވަރާތަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ހިޔާލު