Alifaan hifi ge ehgai huri anhenaku gehligen hodhanee
image
0 ކޮމެންޓް
 

އަލިފާންހިފި ގެއެއްގައި ހުރި އަންހެނަކު ގެއްލިގެން ހޯދަނީ

އަލިފާ ހިފާފައިވާ ގެއެއްގައި ހުރި އަންހެނަކު ގެއްލިހެން ހޯދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.
ގެއްލިގެން ހޯދަމުން ގެންދަނީ، ހ. ރަދުވާނިޔާ ކިޔާ ގެއެއްގައި ހުރި އަންހެނެކެވެ.

އޭނާ ހޯދުމަށް ސިފައިން މިހާރު އަންނަނީ އެގޭގެ ތިން ވަނަ ފަންްގިފިލާ ހޯދަމުންނެވެ.

ގެއްލުނު އަންހެން މީހާގެ އާއިލާއިން ބުނީ އޭނާގެ ހަބަރެއް އެންމެފަހުން ވީ އަލިފާން ހިފައިގެން އުޅޭކަމަށް ބުނެ އޭނާގެ ބޭބެއަށް ގުޅިވަގުތުކަމަށެވެ.

"އެންމެ ފަހުން ބޭބެއަށް ގުޅާފަ ބުނީ ރޯ ވެގެނޭ މިއުޅެނީ. އޭގެ ފަހުން ހަބަރެއް ނުވޭ،"

އެމީހާ ހޯދުމަށް އާއިލާއިން ވަނީ އޭޑީކޭ ހޮސްޕިޓަލް އަދި އިސްކަންދަރު ސްކޫލުގައި ހުރި ވަގުތީ ހިޔާވެސް ވަނީ ބަލައިފަައެވެ.

މިރޭ މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިފި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އަދިވެސް އަންނީ ކައިރި ގެތަކަށް ފެތުރެމުންނެވެ.


ހިޔާލު