Breaking: Haalugai jehunu meehunnah Maalee eheetheri kan foaru koh dheyn nihmmaifi
image
އަލިފާނުގެ ހާދިސާއާ ގުޅިގެން މިރޭ ބޭއްވި ވަޒީރުން މަޖިލީހުގެ ކުއްލި ބައްދަލުވުން: ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ހާލުގައި ޖެހުނު މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފި

މިރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ސަރުކާރުން ނިންމައިފިއެވެ.
މާލޭގައި މިރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މުލީއާގޭގައި ބޭއްވި ވަޒީރުން މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވަނީހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ އަދި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ވަޒީރުންގެ މަޖްލީހުން ވަނީ ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައެވެ. އެގޮތުން މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މިހާރު ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފައެވެ.

މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ، އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެ އަލިފާންގަނޑު އެ ގޭގެ ފަހަތުގައި ހުރި ބައެއް ގޭގެއަށް ފެތުރުނު އިރު އެ ގޭގެ ކުރިމަތިން އަބަދަށްފެހި މަގުގައި ހުރި އެހެން ގެއެއްގައި ވެސް ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ނޫސްވެރިންނާ ބައްދަލުކޮށް އެމްއެންޑީއެފްއިން މިރޭ ބުނީ ހަތަރު ކެމިކަލް ގުދަނެއްގައި ރޯވި ކަމަށެވެ. އަދި އޭގެ އިތުރުން އާންމުން ދިރިއުޅެމުން ދިޔަ ހަ ގެއަކަށް ގެއްލުންވި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް ކަލާފާނު ސްކޫލުގައި އަންނަނީ ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދެމުންނެވެ.
ހިޔާލު