Kalaafaanu School huskoh haaluga jehunu meehun vaguthee hiyaathakah
image
0 ކޮމެންޓް
 

ކަލާފާނު ސްކޫލު ހުސްކޮށް ހާލުގައި ޖެހިފައި ތިބި މީހުން ވަގުތީ ހިޔާ ތަަކަށް

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ހިޔަލުގެ ގޮތުގައި ހަމަޖެއްސި ކަލާފާނު ސްކޫލު ހުސްކޮށް ހާލުގައި ޖެހިފައި ތިބި މީހުން އެހެން ވަގުތީ ހިޔާ ތަަކަށް ބަދަލުކޮށްފިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ކަލާފާނު ސްކޫލު ހުސްކުރީ ސްކޫލުތަކަށް ކިޔަވައިދިނުމަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.

އެގޮތުން އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުދިންނަށް ޔޫނީފޯމާއި ފޮތް ފަދަ ތަކެތި އެޑިއުކޭޝަން މިނިސްޓްރީން އިން ފޯރުކޮށްދޭނެކަމަށް މާރިޔާ ވިދާޅުވިއެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިގެން 433 މީހުން ވަނީ ހާލުގަ ޖެހިފައެވެ. 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސާފައެވެ.

ރޭގެ ހާދިސާގަ އުމުރުން 49 އަހަރުގެ އަންހެނަކު ފިހިގެން މަރުވެފައިވާއިރު، ހަތް ގެއަކާ ހަތަރު ގުދަނެއްގަ ހުޅު ހިފިއެވެ.

ހިޔާލު