Moosun goasve raajjeyge bodu bayakah white alert nerefi
image
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި

މޫސުން ގޯސްވެ، 12 އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ހއ. އިން މ. އަތޮޅާ ދެމެދަށް މިއަދު 08:30 އިން 14:30 އަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ވައިޖެހޭނީ މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މޫސުން މެޓް
ހިޔާލު