Midhiya haftha nimunu iru 717 ulhandhehgai sticker jehi
image
ފުލުހުން ސައިކަލުތަކެއްގައި ސްޓިކާ ޖަހަނީ-- ފޮޓޯ: މިހާރު
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

މިދިޔަ ހަފްތާ ނިމުނު އިރު 717 އުޅަނދެއްގައި ސްޓިކާ ޖެހި

މިދިޔަ ހަފްތާ ނިމުނު އިރު ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން 717 އުޅަނދެއްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުުލުހުން ބުނެފި އެވެ.
ފުލުހުން ކޮންމެ ހަފްތާއަކު ވެސް ނެރޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 14 ވަނަ ދުވަހުން 20 ގެ ނިޔަލަށް 7171 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފަ އެވެ. މިއީ އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 102 ސްޓިކާ އެވެ.

އެ މުއްދަތުގެ ތެރޭގައި 519 އުޅަނދު ބަލާ ފާސްކޮށް، ލައިސެންސް ނެތް 115 މީހުން ވަނީ ހިފަހައްޓާފަ އެވެ. އަދި ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 69 މީހަކު ހިފަހައްޓާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހިޔާލު