Mark zuckerberg noo kulain facebook farumaakuri sababu mi othee!
image
މާކް ޒަކާބާގް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މާކް ޒަކާބާގް ނޫ ކުލައިން ފޭސްބުކް ފަރުމާކުރި ސަބަބު މި އޮތީ!

ދެހާސް ހަތަރުވަނަ އަހަރު ތައާރަފްވެގެން ދިޔަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް އަކީ މިހާރު ގިނަ ބަޔެއްގެ ތެރޭގައި މަގްބޫލު އެއްޗެކެވެ.
ފޭސްބުކްގެ ފައުންޑާ ކަމަށްވާ މާކް ޒަކާބާގް ފޭސްބުކް ނޫ ކުލައިން ފަރުމާކުރި ސަބަބު އެނގޭ ހެއްޔެވެ؟

މާކް ޒަކާބާގް ނޫ ކުލައިން ފޭސްބުކް ފަރުމާ ކުރީ އޭނާ އަކީ ރެޑް ގްރީން ކަލާބްލައިންޑް ނުވަތަ ރަތް ކުލަ އާއި ފެހި ކުލަ ވަކި ކުރަން ނޭނގޭ މީހަކަށް ވާތީ އެވެ. އޭނާއަށް އެންމެ ރަނގަޅަށް ފެންނަނީ ނޫ ކުލައެވެ.

ރެޑް ގްރީން ކަލާބްލައިންޑްނެސް އަކީ އާންމުކޮށް މަންމަ ފަރާތުން ވާރުތަވާ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުން ދުނިޔޭގެ އަށް އިންސައްތަ ފިރިހެނުންނަކީ މި ކަލާބްލައިންޑް ހުންނަ މީހުންނެވެ.އެފަދަ މީހުންނަށް ރަތާއި ފެހި ކުލަ ކިތަންމެ ކުޑަ ވަރަކަށް ހުންނަ އެހެން ކުލަތަކަށް ވެސް ފެނުމުގައި އޮޅުންބޮޅުންތައް ހުންނާނެ އެވެ.

ހާވާޑް ޔުނިވާސިޓީ އިން ތައުލީމް ހާސިލް ކުރި ޒަކާބާގް އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި އެއް ޝަހުސިއްޔަތެވެ.
ހިޔާލު