Department of Heritage ge nan dhivehi namaka badhalukohffi
image
1 ކޮމެންޓް
 

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގެ ނަން، ދިވެހި ނަމަކަށް ބަދަލުކުރައްވައިފި

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގެ ނަން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު" ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/12) ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު" ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވީ މިހިނގާ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ދައުލަތުގެ އިދާރާތަކުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ މިހައިތަނަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ހަމަޖައްސަވައިފައި އޮތް ނަންބަރު ކަމުގައިވާ 222 އެވެ.
ހިޔާލު

ޔުސްރާ

ސަގާފީ ތަރިކަ ރައްކައުތެރިކުރާ މަރުކަޒު ހުންނަީ ކޮންތާކު؟