Dhaulathuge belumuge dhashugai thibey kudhinah kankamuga mashvaraadhey committee eh
image
0 ކޮމެންޓް
 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަމުގައި މަޝްވަރާދޭ ކޮމެޓީއެއް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ތިބޭ މަރުކަޒުތައް ހިންގުމުގައި ލަފަޔާއި މަޝްވަރާ ދިނުމަށް ޚާއްސަ ކޮމިޓީއެއް މިނިސްޓަރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން "ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ" ނަމުގައި ކޮމެޓީއެއް އެކުލަވާލައިފިއެވެ.
މި ކޮމިޓީގައި ހިމެނެނީ ކަމާ ގުޅުން ހުރި 13 އިދާރާއެއްގެ މެންބަރުންނެވެ.

މި ކޮމިޓީގެ މަޤްޞަދުތަކުގެ ތެރޭގައި ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގެ ހިންގުން ހަރުދަނާކުރުމާއި އެ ތަންތަނަށް ކުރިމަތިވާ އެކި ކަހަލަ މައްސަލަތައް ޙައްލުކުރުން ހިމެނެއެވެ. އަދި ކުޑަކުދިންނާއި ގުޅޭ ކަންކަމުގައި ލަފާ ދިނުންވެސް ހިމެނެއެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ.

ކޮމިޓީގެ ބައްދަލުވުން ކޮންމެ މަހަކު އެއް ފަހަރު ބާއްވާނެއެވެ. ނަމަވެސް ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ ކުއްލި ބައްދަލުވުންތައް ބާއްވާނެއެވެ.

މީގެ އިތުރުން ތިން މަހަކުން އެއްފަހަރު ޖެންޑަރ މިނިސްޓްރީއާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ބައްދަލުވުމެއް ބާއްވާނެއެވެ.

ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ސާޅީހެއްހާ ކުދިން އުޅެމުންދެއެވެ. އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ 100 އަށްވުރެ ގިނަ ކުދިން ދަނީ ބަލަހައްޓަމުންނެވެ.
ހިޔާލު