Kandutha gadha moosumah samaaluvey
image
0 ކޮމެންޓް
 

ކަނޑުތައް ގަދަ މޫސުމަށް ސަމާލުވޭ

ރާއްޖޭގެ ބޮޑުބަޔަކަށް މީޓްރޮލޮޖިކަލް ސާވިސް އިން ވައިޓް އެލާޓު ނެރިއްޖެއެވެ.
ވައިޓް އެލާޓު ނެރުނީ ރ އަތޮޅުން ލ އަތޮޅަށެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ. އަދި ބައެއްރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށްވެސް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

"ހުރިހާ ހިސާބަކަށްވެސް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ،" މެޓް އޮފީހުން ބުންޏެވެ.

ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި، އާންމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މަޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
މޫސުން މެޓް
ހިޔާލު