Ihumaaluvumuge sababun haalu serious! Aailaa in ehee akah beynunvefai
image
ފާތުމަތު ނަޒުފާ އިރުޝާދު
3 ކޮމެންޓް
 

އިހުމާލުވުމުގެ ސަބަބުން ހާލު ސީރިއަސް! އާއިލާއިން އެހީއަކަށް ބޭނުންވެފައި

މީގެ ދެ އަހަރު ކުރިން ޖެހުނު ސްޓްރޯކް އަކާއި އެކު ހިނގާ ބިނގާވެ އުޅެން ދަތިވިއެވެ. ޑޮކްޓަރަށް ދެއްކުމަށް ފަހު ފަރުވާ ކުރަން ފެށި ނަމަވެސް ޖެހިގެން އައި އަހަރު ޖެހުނު ސްޓްރޯކް އާ އެކު ހާލަތު އިތުރަށް ގޯސްވީ އެވެ. އެއްވެސް ވަރަކަށް ނުހިނގި އެނދުމަތި ވިއެވެ. ދެވަނަ ފަހަރަށްވެސް އައިޖީއެމްއެޗް އިން ފަރުވާ ދިނުމަށްފަހު ގެޔަށް ފޮނުވާލީއެވެ. ބައްޔަށް އެއްވެސް ލުޔެއް ނުލިބި އެކި ފަހަރު މަތިން ޑޮކްޓަރަށް ދެއްކި ނަމަވެސް މާ ބޮޑު ފަރުވާއެއް ނުދީ ހާލަތު ރަނގަޅު ކަމަށް ބުނެ ގެޔަށް ފޮނުވާލައެވެ. މިއީ މާލެ އަށް އުފަން އުމުރުން 56 އަހަރުގެ މަރިޔަމް ރަޝީދާގެ ވާހަކައެވެ.
އެކަށީގެން ވާ ފަރުވާއެއް ނުލިބި ނުވަ މަސްދުވަސް އެނދުމަތީގައި އޮވެ ހާލަތު ކުރިއަށްވުރެ ބޮޑަށް ގޯސްވީއެވެ. އެއްވެސް ހަރަކާތެއް ނުކުރެވި ވާހަކަވެސް ނުދެއްކޭ ހިސާބަށެވެ. ގިނަ ދުވަހު ތަންމަތީގައި އޮންނަން ޖެހުމުން ބުރަކަށީގައި ވަނީ ފާރުގަނޑެއްވެސް ހެދިފައެވެ. ރަޝީދާގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުން އައިޖީއެމްއެޗް އަށް ގެންދިޔައެވެ. ނަމަވެސް އާއިލާ އިން ބުނީ އައިޖީއެމްއެޗް އިން އޭނާ އަށް އެކަށީގެންވާ ވަރަށް ފަރުވާ ނުދިން ކަމަށެވެ.

"އައިޖީއެމްއެޗްގައި އޮއްވާ މަންމަ ވަރަށް އަވަސް އަވަހަށް ނޭވާލާން ފެށި. ލޮލެއްވެސް ނުހުޅުވޭ. އެތާ ތިބި ނަރަުހުން ކައިރީ ބުނުމުން އެމީހުން ބުނީ އެއީ މާ ބޮޑަށް ބަލިވީމަ ވާގޮތޭ. އޮކްސިޖަންވެސް ގުޅާ ނުލާ އޮތީ" ރަޝީދާގެ ދަރިފުޅު މުހައްމަދު ފަޒީލް ސީއެންއެމްއަށް ކިޔައިދިނެވެ.

އައިޖީއެމްއެޗް އިން އެދެވޭ ފަރުވާ އެއް ނުލިބުމުން އަދި މަންމަގެ ފުރާނައަށް ނުރައްކާ ވެފައި ވާތީ އާއިލާއިން އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރިއެވެ.

ޓްރީޓޮޕް އަށް ގެންދިޔުމުން ޑޮކްޓަރުން ރަޝީދާގެ ހާލަތު ބެލުމަށްފަހު ހާލަތު ވަރަށް ސީރިއަސް ކަމަށް ބުންޏެވެ. ވަގުތުން ވެންޓިލޭޓަރަށް ލުމަށްފަހު އަވަސް ފަރުވާ ދޭން ފެށި އެވެ. އަދި ބުރަކަށީގައި ހެދިފައިވާ ފާރުގަނޑަށް އެއްވެސް ފަރުވާ އެއް ދީފައިވާ ނުވާ ކަމަށައި އިތުރަށް އެހެން ފާރުގަނޑެއް ވެސް ހެދިފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި ފާރުގަނޑު ވަނީ ހަ ވަނަ ސްޓޭޖްގައި ކަމަށާއި ބުރަކަށީގެ ކަށިގަނޑު ފެންނަން ހުރި ކަމަށްވެސް ޑޮކްޓަރުން ބުންޏެވެ.

"ޑޮކްޓަރުން ބުނީ ކިރިޔާ އޭ ތި ގެންދެވުނީ. ހާލަތު ވަރަށް ކްރިޓިކަލް އޭ. މިހާރު އޮތީ ވެންޓިލޭޓަރުގައި" ފަޒީލް ބުންޏެވެ.

ފަޒީލް ބުނީ ލޭގައި ވަނީ ހަށިގަނޑަށް ނުރައްކާ ވާ ވަރަށް ޖަރާސީމް އުފެދިފައިވާ ކަމަށާއި އެކަމަށް އައިޖީއެމްއެޗް އިން އެއްވެސް ބޭހެއް ވެސް ދީފައި ނުވާ ކަމަށެވެ.

ރަޝީދާ އަށް ފަރުވާ ހޯދުމަށް އާސަންދަ ލިބިފައިނުވާތީ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދާނަމަ އެތައް ފައިސާއެއް ހަރަދުވާނެތީ އާއިލާ އިން މާލީ އެހީތެރިކަން ބޭނުންވެއެވެ. ރަޝީދާގެ ހާލަތު ރަނގަޅު ވާނެ ކަމަށް އެދި ހެޔޮދުއާ ކުރުމަށްވެސް އާއިލާއިން އެދެއެވެ.

އެކައުންޓް ނަމްބަރު: 7713451561101- މުހައްމަދު ފަޒީލް (ރަޝީދާގެ ދަރިއެއް)
ނަމްބަރު: 9467777 މުހައްމަދު ފަޒީލް


ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ހިޔާލު

ނަފީސާ

އަދިވެސް ސަލާން ޖެހުން ނުހުއްޓޭތަ؟ ސަރުކާރުތަކުން މިކަން ހުއްޓުވަން ވެއްޖެ. މިއީ ފަޤީރުން ތިބި ތަނެއްނޫން. ފިތުރު ޒާކާތް ޙައްގުވަނީ ވެސް މާލެއިން އެންމެ 1700 މީހުންނަށް. ބޮލަކަށް -/2000ރ އަށް ވުރެން ގިނައިން ޖެހުނު. ރައްޔިތުމީހާ ޓެކްސް ފައިސާ ދައްކާ. އެކިކަހަލަ ފަންޑްތައް ސަރުކާރުގަ އެބަހުރި. ލާރިގިނަވެގެން އެއިން ކުރާނެކަމެއް ނޭނގިގެން މިނިސްޓަރުން ހެސްކިޔާފަ ބޭރު ގައުމުތަކުގަ ފިލްމު ކުޅޭމީހުންނާއެކު އާޝޯހު ވެފަ. ނުވަތަ އެމީހެއްގެ ވިޝް ލިސްޓްގަ ނުވެހުރިކަންތައްތައް ކުރަން. މިފަދަ ހާލަތުގައި ތިބޭ މީހުންނަށް އެހީތެރިވުން ކީއްވާނީ. ރައްޔިތުމީހާ އަނެކާ ކައިރިއަށް ދާން ނުޖެހޭ ގޮތަށް.

ތުނިޔަ

އަވަސް ޝިފާޔަކަށް އެދެން...އެކަމަކު ގޭގައި ދަރިންގެ ބެލުމުގެ ދަށުގައިއޮވެ ތިފަދަ ބޮޑު ފާރުގަނޑެއް އުފެދުނީ ކިހާވަރަކަށް އަޅާލެވޭތީބާ؟ މަންމަ އަބަދު އެއްގޮތަކަށް ބާއްވާފަ އޮތީމަނު؟

ޢަލީ

ސަރުކާފެލ،ިވެފައި