Raees Yaminge shareeathuge hulaasa bayaan ihvun avas koffi
image
0 ކޮމެންޓް
 

ރައީސް ޔާމިންގެ މައްސަލައިގެ ފަހު އަޑުއެހުން މިމަހު 9 ވަނަ ދުވަހު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދަޢުވާގެ ފަހު އަޑުއެހުން މިމަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ކުރިން މި މައްސަލައިގެ ހުލާސާ ބަޔާން އިއްވަން އޮތީ މިމަހު 10 ވަނަ ދުވަހުއެވެ. ނަމަވެސް އެއްދުވަސް އަވަސް ކުރީ މިއަދު އެވެ.


ކްރިމިނަލް ކޯޓުން ހުލާސާ ބަޔާން އިއްވުން އަވަސްކުރިއިރު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ތުލުސްދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް އަންނަ ބުރާސްފަތި ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ އިއުލާނުކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިން މައްސަލައިގެ ދައުވާގެ ޝަރީއަތުގައި ޔާމީންގެ ދިފާއުގައި ހެކިބަސް ދިނުމަށް ކުރީގެ ގަވަރުނަރު އައިޝަތު އަޒީމާވަނީ ދެކޮޅު ހައްދަވާފައެވެ.

އެންމެ ފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކި ބަސް ނެގި އެވެ. މިހާރު ހެކި ބަސް ނުނެގި އޮތީ ހަމައެކަނި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އެވެ. އޭނާ ވަނީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވާފަ އެވެ.

ޔާމިނަށް ކުރާ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ޝަރީއަތުން ވަނީ ހެއްކާ ބެހޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފައި އެވެ.

ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ކަމަށް ތުހްމަތުކުރެވޭ ކުށްތަކާ ގުޅިގެން އުފުލި ފުރަތަމަ ދައުވާ އެވެ.
ހިޔާލު