Arbitration boardah lafaa dhey committee ah kurimathilumuge furusathu hulhuvaalaifi
image
އާބިޓްރޭޝަން ސެންޓަރު ހުންނަ ވެލާނާގެ-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

އާބިޓްރޭޝަން ބޯޑަށް ލަފާދޭ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު ބޯޑަށް ލަފާ ދިނުމަށް އެކުލަވާލަން ނިންމި ދާއިމީ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އާބިޓްރޭޝަން ސެންޓަރުން ނެރުނު އިއުލާނެއްގައި ބުނީ 10 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ. އެ ކޮމިޓީގެ މަސައްކަތަކީ އާބިރޭޝަން ގަވާއިދުތައް މުރާޖައާކޮށް ބޯޑަށް ލަފާ ދިނުމެވެ.

އެ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ނިޔަލަށެވެ. މެމްބަރުންގެ ޝަރުތުގެ ތެރޭގައި ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝާރީއާގެ ދާއިރާއިން 10 އަހަރުގެ ތަޖުރިބާ ހުރުމާއި، އާބިޓްރޭޝަން ދާއިރާގެ އަމަލީ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ލިޔެކިޔުންތ ހުށަހަޅަން ޖެހެނީ އެޓާނީ ޖެނެރަލް އޮފީހުގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

ދެހާސްތޭރަވަނަ އަހަރު ވުޖޫދަށް އައި އާބިޓްރޭޝަން ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ސެންޓަރު އުފެދުނީ އޭގެ ހަ އަހަރު ފަހުންނެވެ. އެ ސެންޓަރުގެ ބޯޑު މެމްބަރުންނަކީ ޗެއާޕާސަން އަހުމަދު ޝަހުދީ އާއި، ވައިސް ޗެއާޕާސަން ހުސައިން ސިރާޖުގެ އިތުރުން މެންބަރު ސަފާ ޝަރީފެވެ.
ހިޔާލު