Konme thanakah dhiyayas mi anhen meehaa lanee Kaiveneege hedhun!
image
0 ކޮމެންޓް
 

ކޮންމެ ތަނަކަށް ދިޔައަސް މި އަންހެން މީހާ ލަނީ ކައިވެނީގެ ހެދުން!

އޮސްޓްރޭލިއާގެ އެޑެލެއިޑަށް ނިސްބަތްވާ 43 އަހަރުގެ ޓެމީ ހޯލްގެ ވާހަކަ ވަރަށް ތަފާތެވެ. ޖިމަށް ދިޔަސް މަހަށް ދިޔަސް އޭނާ ލާނީ ހަމަ އެންމެ ހެދުމެކެވެ. އެއީ އޭނާގެ ކައިވެނީގެ ހެދުމެވެ. އެ ހެދުން ލަނީ އެއް ގޮތަކަށް ވެސް އޭނާއަކީ މާލީ ތަނަވަސްކަން ނެތް މީހަކަށް ވާތީއެއް ނޫނެވެ. އެ ނޫން ހެދުމެއް ލައިގެން ހިތަށް ހަމަޖެހުމެއް ނުލިބޭތީ އެވެ.
ތިމާވެއްޓަށް ވެސް ލޯބިކުރާ ޓެމީ ބުނި ގޮތުގައި އޭނާ އަބަދު އެ ހެދުން ލާތީ މީހުން އެކި ޒާތުގެ ވާހަކަތައް ދެއްކި ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކެމެއް އޭނާއެއް ނުދެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކައިވެނި ކުރި ޓެމީ، ކައިވެނީގެ ހަފުލާގައި ލި ހެދުމަކީ 985 ޕައުންޑު (18705 ރުފިޔާ) ގެ އަގު ބޮޑު ހުދު ކުލައިގެ ހެދުމެކެވެ.

އެގޮތަށް އެކައްޗެއް ލާން އޭނާ ނިންމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލާނެ އެއްޗެއް ނެތިފައި އެތައް ބަޔަކު ދިރިއުޅޭ ތީއެވެ. އެގޮތުން އޭނާ ވަނީ ހެދުމާއި ބޫޓު ފަދަ ތަކެތި ގަތުން ހުއްޓާލާފަ އެވެ.

- ޓެމީ އޭނާގެ ކައިވެނީގެ ހެދުމުގައި ވިޔަފާރި ކުރަން ނިކުމެ

ޓެމީ ބުނީ 2016 ވަނަ އަހަރު އޭނާ އިންޑިއާއަށް ކުރި ދަތުރެއްގައި ވެސް ވަރަށް ހާލުގައި އުޅުނު މީހުން ފެނުނު ކަމަށެވެ. އެގޮތުން އެ މަންޒަރު ފެނި ވަރަށް ހިތްދަތިވި ކަމަށް ވެސް ބުންޏެވެ.

ޓެމީ ވަނީ ބޭކާރު ގޮތުގައި އެހާ ބައިވަރު ހެދުމާއި ފައިވާންތައް ގަންނަން ބޭނުން ނުވާ ކަމަށް ވެސް ބުނެފަ އެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ހަރަދު ކުޑަކޮށްގެން ދިރިއުޅެން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.

ކައިވެންޏަށް އަގު ބޮޑު ހެދުމެއް ފަހާފައި ދެ ތިން ގަޑިއިރު އެ ހެދުން ލުމަށް ފަހު ބޭއްވުމުގެ ބަދަލުގައި އެ ހެދުން އާންމުކޮށްލާ ބޭނުން ހިފަން އޭނާ ބޭނުންވީ އެވެ.

ޓެމީ ބޭނުން ވަނީ ހަޔާތުގެ އެންމެ މުހިއްމު ދުވަހު ލީ ހެދުމުގައި މުޅި ދިރިއުޅުން ހޭދަ ކުރާށެވެ.
އަންހެނުން ފޭޑި
ހިޔާލު