Selfie nagan ulhenikoh 4 meehaku genbigen maruvejje
image
ޓަމިލް ނާޑޫގެ ކޯރެއްގައި ޑޭމެއް--
0 ކޮމެންޓް
 

ސެލްފީ ނަގަން އުޅެނިކޮށް ހަތަރު މީހަކު ގެނބިގެން މަރުވެއްޖެ

އިންޑިއާގެ ދެކުނު ޓަމިލް ނާޑޫ ސްޓޭޓުގެ ކޯރެއް ކައިރީގައި ސެލްފީއެއް ނަގަން އުޅެނިކޮށް ހަތަރު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.
އެ ހަތަރު މީހުންނާއި އިތުރު ދެ މީހަކު ވަނީ އަތު ގުޅާލައިގެން ޕަމްބާރް ޑޭމް ކައިރީގައި އޮންނަ ފެންގަނޑުގެ ތެރޭގައި މަޑުކޮށްފަ އެވެ. އެތަނުން އެކަކު ކައްސާލައިގެން ފެންގަނޑު ތެރެއަށް ވެއްޓުމުން، ދެން ތިބި މީހުން ވެސް އަޑިއަށް ދިޔައީ އެވެ.

އެ ހަ މީހުންގެ ތެރޭގައި އަލަށް ކައިވެނި ކުރި ދެމަފިރިއަކު ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އަންހެން މީހާ ވަނީ މަރުވެފަ އެވެ. ފިރިހެން މީހާ ކުރި މަސައްކަތުން އޭނާގެ ދައްތަ ސަލާމަތް ކުރެވުނު ނަމަވެސް، ބާކީ ހަތަރު މީހުން ވަނީ މަރުވެފަ އެވެ.

ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ އިންޑިއާގަ އެވެ. އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ސެލްފީ ނަގަން އުޅުމުގެ ތެރޭގައި 2011 އިން 2017 އަށް މަރުވި 259 މީހުންގެ ދެބައިކުޅަ އެއްބަޔަކީ އިންޑިއާ މީހުންނެވެ. ދެން އެފަދަ މަރުތައް އެންމެ ގިނައީ ރަޝިއާ، އެމެރިކާ އަދި ޕާކިސްތާނުގަ އެވެ.
ހިޔާލު