Rangalhu Project eh libijjenama Bollywood ah nukunnah Sanaya mihaaruves Thahyaaru
image
ސަނާޔާ ކަޕޫރު--
0 ކޮމެންޓް
 

ޕްރޮޖެކްޓެއް ލިބިއްޖެނަމަ ބޮލީވުޑަށް ނުކުންނަން ސަނާޔާ މިހާރުވެސް ތައްޔާރު

ޝަނާޔާ ކަޕޫރަށް ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ އޭނާ މިވަގުތުވެސް ހުރީ ބޮލީވުޑަށް ތައާރަފުވާން ތައްޔާރަށް ކަމަށް ބޮލީވުޑުގެ ބަތަލު އަދި ސަނާޔާގެ ބައްޕަ ސަންޖޭ ކަޕޫރު ބުނެފިއެވެ.
އުމުރުން 19 އަހަރުގެ ސަނާޔާ މިވަގުތު އަންނަނީ ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު، "ކާގިލް ގާލް" ގެ އެސިސްޓެންޓް ޑައިރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި ސަނާޔާގެ ފުރަތަމަ މަސައްކަތް ފެނިގެންދާން ކައިރިވެފައިވާއިރު އެންމެ ގިނަ ބަޔަކު މިވަގުތު ކުރަމުން އަންނަ ސުވާލަކީ ސަނާޔާ އެކްޓުކުރަން ޝައުގުވެރިކަން ނެތީތޯ އެވެ. އެކަމަކު އެކްޓްކުރުމުގެ ޝައުގުވެރިކަން ވެސް އޭނާގެ އެބަހުއްޓެވެ.

ދާދިފަހުން ސަންޖޭ ކަޕޫރު ދިން އިންޓަވިއުއެއްގައި ވަނީ ސަނާޔާ ބޮލީވުޑަށް ތައާރަފުވާނެ ފިލްމު އަދި ފައިނަލް ނުވާ ކަމަށާއި އެކަމަކު މާދަމާ ވެސް ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ އެ ފިލްމުގައި މަސައްކަތް ކުރަން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ސަންޖޭއަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވިދާލި ތަރިއެކެވެ. އޭނާ ވަނީ ރާޖާ އާއި ޕްރެމް އަދި ސިރްފު ތުމް ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. ސަންޖޭގެ އިތުރުން އަނިލް ކަޕޫރަކީ ވެސް ބޮލީވުޑުގައި ކުޅަދާނަ ތަރިއެކެވެ. އަނިލްއަކީ ޝަނާޔާގެ ބޮޑުބޭބެއެވެ.

ސަނާޔާގެ އެންމެ ގާތް ދެ ރަހުމަތްތެރިންނަކީ ވެސް ފިލްމީ ދާއިރާއަށް ހިތްޖެހިފައިވާ ދެ ކުދިންނެވެ. އެއީ އަންނަޔާ ޕާންޑޭ އާއި ސުހާނާ ހާނެވެ. އެގޮތުން އަނަންޔާ މިއަހަރުގެ ތެރޭގައި ބޮލީވުޑަށް ތައާރަފުވެފައިވާއިރު ސުހާނާ ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފުވާނެ ކަމުގެ އަޑުތައް ފެތުރިފައި ވެއެވެ.
ހިޔާލު