Bollywood ga film kulhen Nick emme furathama ves jeheynee Hindi bas dhaskuran: Priyanka
image
ޕްރިޔަންކާ އަދި ނިކް--
0 ކޮމެންޓް
 

ބޮލީވުޑުގައި ފިލްމު ކުޅެން ނިކް ފުރަތަމަ ވެސް ޖެހޭނީ ހިންދީ ބަސް ދަސްކުރަން: ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަކީ މިހާރު އެންމެ މަޝްހޫރު އެއް ދެމަފިރިންނެވެ. ބޮލީވުޑާއި ހޮލީވުޑުގައި ވެސް އެ ދެ މީހުންގެ މަގުބޫލުކަން ބޮޑެވެ.
ޕްރިނަޔްކާގެ ކުރިއަށް އޮތް ފިލްމު "ދަ ސްކައި އިޒް ޕިންކު" ގެ އިންޓަވިއުއެއްގައި އޭނާ ވަނީ ދަރިން ހޯދުމަށް ވަރަށް ބޭނުންވާ ކަމަށް ބުނެ ވާހަކަދައްކާފަ އެވެ.

އޭގެ އިތުރުން ޕްރިޔަންކާ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އާއެކު ބޮލީވުޑުގެ ފިލްމެއް ކުޅުމަށް ޝައުގު ހުރިތޯ ވެސް އެ އިންޓަވިއުގައި ވަނީ ސުވާލުކޮށްފަ އެވެ.

އެކަމާއި ގުޅިގެން ޕްރިޔަންކާ ބުނީ ހިންދީ ފިލްމެއް ކުޅެން، ނިކް އެންމެ ފުރަތަމަ ޖެހޭނީ ހިންދީ ބަސް ދަސް ކުރަން ކަމަށެވެ. ނިކް އަކީ ބޮލީވުޑުގެ ލަވަތަކަށް ނެށުމަށް ވަރަށް ފޯރި ހުންނަ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ދަ ސްކައި އިޒް ޕިންކް" ނެރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 11 ގައެވެ. މި ފިލްމުން ޕްރިޔަންކާގެ އިތުރުން ފެނިގެން ދާނީ ފަރްހާން އަހްތަރު، ޒައިރާ ވަސީމް އަދި ރޯހަން ޝަރަފެވެ. ފިލްމު އުފެއްދީ ޝޮނާލީ ބޯޒޭ އެވެ.
ހިޔާލު