Anekkaa ves Nora ge foari gadha lava eh!
image
ނޯރާ--
0 ކޮމެންޓް
 

އަނެއްކާ ވެސް ނޯރާގެ ފޯރިގަދަ ލަވައެއް!

މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީގެ ކުރިއަށް އޮތް ލަވައިގެ ޓިޒާ ދައްކާލައިފި އެވެ.
"ޕިޔާރް ދޯ، ޕިލާރު ލޯ" އަކީ 1986 ވަނަ އަހަރު ނެރުނު ފިލްމު "ސާގަރް" ގައި އިންނަ ލަވައެކެވެ. ރޭކާ ފެނިގެންދާ އެލަވަ އަކީ އޭރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލަވަ އެކެވެ. އެލަވައިގެ ރިމޭކެއް މިއަހަރު ނެރުމަށް ނިންމާފައިވާ "މަރްޖާންވާން" ގައި އިންނައރު އެލަވައިން ފެނިގެންދަނީ ނޯރާއެވެ.


ލަވައިގެ ޓީޒާ އެއް މިހާރު ދައްކާލާފައި ވާއިރު ނޯރާގެ ފަރި ނެށުން އެ ކުޑަ ޓީޒާ އިން ވެސް ފެނިގެން ދެއެވެ. އެލަވަ މާދަމާ ނެރުމަށް ހަމަޖެހިފައި ވާއިރު ގިނަ ބަޔަކު މިހާރު ތިބީ އެލަވަ ބެލުމަށް ކެތް މަދުވެފަ އެވެ.

ނޯރާ އެންމެ ފަހުން ފެނިފައި ވަނީ "ޕެޕެޓަ" ލަވަ އިންނެވެ. އެލަވައަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އޭގެ އިތުރުން ވިކީ ކޯޝަލް އާއެކު "ޕަޗްތާއޯގޭ" މިއުޒިކް ވީޑިއޯ ލަވައަކުން ވެސް ނޯރާ ވަނީ ފެނިފަ އެވެ.

އަމިއްލައަށް ކޮރިއޮގްރާފް ކުރަމުން އަންނަ ނޯރާއަކީ ލަވަ ޕްރޮޑިއުސްކޮށް ޑައިރެކްޓް ވެސް ކުރަމުން އަންނަ ފަރާތެކެވެ. އޭނާ ވަނީ އެމްޓީވީއިން ދައްކަމުން އަންނަ ޝޯއެއް ކަމަށްވާ ޑޭޓިން އިން ދަ ޑާކްގެ ހޮސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ކަލާސް ޓީވީ އިން ދައްކާ މަޝްހޫރު ޝޯ، ބިގް ބޮސް ނުވައެއްގައި ވެސް ފެނިފައިވާ ނޯރާ ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.

ނޯރާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ ސަތްޔަމޭވަ ޖަޔަތޭގެ ލަވައެއް ކަމަށްވާ "ދިލްބަރް" އަށް ފަހު ގައެވެ. އެއަށްފަހު ގިނަ ބޮލީވުޑް ލަވަތަކުން ނޯރާ ފެނިފައި ވާއިރު ދާދި ފަހުން އޭނާ ކުޅުނު "ސާކީ ސާކީ" ލަވައަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ހިޔާލު