Majileehun Bill thah Draft kuraakah Raees angaafa eh nuvey: Hoodh
image
ރައީސްގެ ތަރުޖަމާން --
0 ކޮމެންޓް
 

މަޖިލީހުން ބިލްތައް ޑްރާފްޓު ކުރާކަށް ރައީސް އަންގާފައެއް ނުވޭ: ހޫދު

ސަރުކާރުގެ ލެޖިސްލޭޓިވްް އެޖެންޑާގައި ހިމެނޭ ގާނޫނުތަކުގެ ބިލްތައް ސީދާ ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަން އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހީމް މިއަދު ބުނެފި އެވެ.
ހޫދު މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލީހުން ބިލްތައް ޑްރާފްޓު ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށް ބައެއް މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ.

ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން "ސީއެންއެމް"އަށް މިއަދު ވިދާޅުވީ އެގޮތަށް އަމަލު ކޮށްދެއްވުމަށ ްއެދި ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް "ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެބޭފުޅުންނަށް ވިދާޅުވެފައިވާ" ކަމަށެވެ.

ހޫދު ވިދާޅުވީ އެފަދަ ސިޓީފުޅެއް ރައީސް ސޯލިހު މަޖިލީހުގެ ރައީސަށް ވެސް އަދި މެންބަރުންނަށްވެސް އަންގަވާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުންް ހުށަހަޅާ ބިލްތައް ޑްރާފްޓްކުރުމަކީ އެ ބިލްްތަކާ ގުޅޭ އެހެން މިނިސްްޓްރީތަކާއި އިދާރާތަކުގެ އެހީތެރިކަމާ އެކު އެޓާނީ ޖެނެރަލްގެ އޮފީހުން ކުރާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތައް ޑްރާފްޓް ކުރުން ސަރުކާރުން ކުރަމުން އަންނައިރު މަޖިލީހުން އެ ކަން ކުރަން ފެށުމާ ގުޅިގެން ބަންޑާރަ ނައިބު ރިފްއަތު ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ.
ރައީސް އޮފީސް
ހިޔާލު