Shaheeb emme fahun isthiufaa dhevvaifi
image
މުހައްމަދު ޝަހީބު-- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

ޝަހީބު އެންމެ ފަހުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ ރައީސް މުހައްމަދު ޝަހީބު މަގާމު ވަކި ކުރަން ނިންމި ނިންމުމަށް ފާޑުވިދާޅުވުމަށް ފަހު، އަމިއްލައަށް އިސްތިއުފާ ދެއްވައިފި އެވެ.
ޝަހީބު މަގާމުން ވަކި ކުރަން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީންނެވެ. ޝަހީބު ވިދާޅުވީ އެއީ ނާއިންސާފު ނިންމެވުމެއް ކަމަށެވެ.

ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފަހު ވަނީ މިއަދަށް އެޖެންޑާ ވެސް ކޮށްފަ އެވެ. އޭގެ ކުރިން ޝަހީބު ވަނީ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފަ އެވެ.

އެ ސިޓީގައި ޝަހީބު ވިދާޅުވީ އޭނާ ވަނީ "ސިޔާސީ ޝިކާރައަކަށް" ވެފައި ކަމަށެވެ. އަދި ޝަހީބާ މެދު ކުރެވޭ ހުރިހާ ތުހުމަތެއް ދޮގު ކުރައްވާފައި ވެއެވެ.

"ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާ ހުރިހާ ނިންމުންތަކަކީ ކޮމިޝަންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތަކެއް ކަމުން، އަދި އެ ހުރިހާ ނިންމުންތަކަކީ އަޅުގަނޑަށް ތާއީދު ނުކުރެވޭ ނިންމުންތަކެއް ކަމަށް ވީ ނަމަވެސް، ރިޔާސަތު ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގާނޫނު ލާޒިމްކުރަނީ އަޣުލަބިއްޔަތަށް ތަބާވެ، އެ ނިންމުންތައް ތަންފީޒު ކުރުމަށެވެ. މި ނޫން ގޮތަކަށް ކަންތައް ކުރުމަކަށް ގާނޫނާއި ގަވައިދު ތަނެއް ނުދެ އެވެ،" ޝަހީބު ވިދާޅުވި އެވެ.
ހިޔާލު