1.5 billion dollaruge ehee inn masverikamaai dhanduverikan kuri eruveyne
image
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އައިޓީއެފްސީގެ އެހީ އިން މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވަން ބޮޑު އަހައްމިޔަތު ކަމެއް ދޭނެ

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ދޭ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އިން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ބޮޑު އަހައްމިޔަތު ކަމެއް ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރުނބާ އައިލެންޑް ރިޒޯޓުގައި އެ 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމުގައި އައިޓީއެފްސީ އާއި ރާއްޖެއާ ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ އެކި ވިޔަފާރިތައް ކުރިއެރުވުމުގެ އިތުރުން އެ ފަންޑުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް އެކި ގޮތް ގޮތުން ކުރިއެރުވުމަށް ބޭނުން ކުރާނެ ކަމުގައެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މީގެ ތެރެއިން އެގްރިކަލްޗާ ސެކްޓާ އާއި ފިޝަރީޒް ސެކްޓާ ކުރިއެރުވުމަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭނަން. އޭގެ އިތުރުން ވެސް ކުރިއަށް ހުރި އަހަރުތަކުގައި ތަރައްގީ އަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ވެސް ހިމެނޭ،" އަމީރު ވިދާޅުވި އެވެ.

އަދި ސްޓްރޯޖް ކެޕޭސިޓީ މަދުވުމުގެ ސަބަބުން އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިވެފައި އޮތް މިފްކޯގެ ތަރައްގީ އަށް ވެސް އެ ފައިސާ ބޭނުން ކުރާނެ ކަމަށް މިނިސްޓަރު އަމީރު ފާހަގަކުރެއްވި އެވެ. އަމީރު ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު ވެސް އައިޓީއެފްސީއާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައްވެ ސް ކުރިއެރުވުމަށް އެ ފައިސާ ބޭނުންކުރަން ވަނީ ހަމަޖެހިފަ އެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާލު