Alifaanugai gehlunvi 38 aailaa eh adhives vaguthee boahiyaavahi kamugai
image
އަލިފާނުގެ ހާދިސާގައި ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައި-- ފޮޓޯ: ސަން އޮންލައިން
0 ކޮމެންޓް
 

އަލިފާނުގައި ގެއްލުންވި 38 އާއިލާއެއް އަދިވެސް ވަގުތީ ބޯހިޔާވަހިކަމުގައި

މިދިޔަ މަހުގެ ވިހި ވަނަ ދުވަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ތެރެއިން އަދިވެސް 38 އާއިލާއެއްގެ 164 މީހުން ވަގުތީ ބޯހިޔާވަހިކަމުގައި އުޅެމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި އެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެ އޮތޯރިޓީން ބުނީ ވަގުތީ ބޯހިޔާވަހިކަމުގައި ތިބި އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެވިފައި ވަނީ ގާކޮށީގެ 14 އެޕާޓްމަންޓެއްގެ އިތުރުން ބައެއް ގެސްޓް ހައުސްތަކުން ކަމަށެވެ.

އޭގެ ތެރެއިން ހ. ކީލް އާއި ހ. އިމޯޝަން އަދި ހ. ނިޝާންޕްލާޒާގެ އިތުރުން ހ. ގަސްވާގައި ދިރިއުޅޭ ހަ އާއިލާއެއްގެ 28 މީހުން ވަގުތީ ހިޔާގައި މިވަގުތު ތިބީ އެމީހުންގެ ގެތަކުގެ މަރާމާތުގެ މަސައްކަތް ކުރާތީ ކަމަށް ވެސް ޑިޒާސްޓާއިން ބުނެއެވެ.

ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ އެ ހާދިސާގައި ގެއްލުން ލިބުނު މިންވަރު ބެލުމަށް ޑިޒާސްޓާއިން ހެދި އެސެސްމެންޓް އިން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު އެއް މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.




ހިޔާލު