TMA ah aa Seaplane Terminal dheykah noolhen: MACL
image
އާ ސީޕްލޭން ޓާމިނަލް-- ފޮޓޯ: އެމްއޭސީއެލް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭކަށް ނޫޅެން: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އަށް ދޭން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް އެކަން އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.
އަޑުފެތުރިފައިވާ ގޮތުން އެމްއޭސީއެލް އިން އުޅެނީ 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ އެ ސީޕްލޭން ޓާމިނަލް، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭށެވެ. އެހެންވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ އަޑުތައް ގަދަވެފައިވަނިކޮށް މިއަދު އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ވަނީ އާ ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅޭކަމަށް ވާހަކަ ފެތުރުނުނަމަވެސް އެފަދަ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އެ ކުންފުނީގެ ވިސްނުމަކީ އެތަން ހުރިހާ އޮޕަރޭޓަރުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތް ހެދުންކަމަށް ވެސް ބުންޏެވެ.

ސީޕްލޭން ޓާމިނަލް ގެ އަމަލީ މަސައްކަތް މި އަހަރުގެ ޖެނުއަރީ 29 ގައި ފެށިއިރު އެ ތަނުގެ 73 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ކުރިން އެމްއޭސީއެލުން ވަނީ ބުނެފައެވެ.

14000 އަކަ ފޫޓު ހުންނަ އެ ޓާމިނަލް ގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އާ އެވެ.
ހިޔާލު