Import aa Export ge aamdhanee ithuruvejje
image
މާލޭ ކޮމާޝަލް ހާބާ ސަރަހައްދު-- ފޮޓޯ: ސަން
0 ކޮމެންޓް
 

އިމްޕޯޓާއި އެކްސްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ

މިދިޔަ މަހު އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓް ކުރި މުދާ އިތުރުވެ ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުު މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ހަތަރު އިންސައްތަ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ މިއަހަރުގެ ސެޕްޓެމްބަރުގައި ރާއްޖެއަށް 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރުގައި އިމްޕޯޓް ކުރި މުދަލުގެ އަގު ވަނީ 3.8 ބިލިއަނަށް އިތުރުވެފަ އެވެ.

އެއާއެކު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ނުވަ އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި 262 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރުގައި ވަނީ 286 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީ އާއި ޗައިނާ އަދި އިންޑިއާ އެވެ. އެގޮތުން ޔޫއޭއީ އިން 720 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން ވަނީ 703 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. އަދި އިންޑިއާއިން އެތެރެކުރި މުދަލުގެ އަގު އުޅެނީ 370 މިލިއަން ރުފިޔާގަ އެވެ.

ހިޔާލު