Baeh Mediathakun vanee fuluhunge engumaa hilaafuvefa
image
ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ: ފޮޓޯ ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ބައެއް މީޑިއާތަކުން ވަނީ ފުލުހުންގެ އެންގުމާ ހިލާފުވެފަ

މިއަދު ކްރިމިނަލް ކޯޓު ދޮށުގައި އެއްވެ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަޕޯޓަރުން މުޒާހަރާ ކުރި ވަގުތު އެ ސަރަހައްދުގަ ހަރަކާތްތެރިވި ބައެއް މީޑިއާތަކުން ފުލުހުން ދެއްކި ބައުންޑަރީއަށްވުރެ އެތެރެއަށް ޖެހުނުކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކީއްވެތޯ ބައެއް މީޑިއާތަކުން ސުވާލުކުރަން ފެށުމުންނެވެ.

ފުލުހުން ބުނީ މިއަދުގެ މުޒާހަރާ ކަވަރުކުރުމަށް ނޫސްވެރިންނަށް ވަކި ބައުންޑަރީޢެއްގެ ތެރެއިން ފުރުސަތު ދިފައިވާނެކަމަށެވެ.

"ބައެއް މީޑިއާތަކުން ވަނީ ފުލުހުންގެ އެންގުމަށް އިޖާބަނުދީ މީޑިއާއަށް ދެއްކި ބައުންޑައީ އަށް ވުރެ ގާތްވެފައި. އެހންކަމުން އެ ީޑިއާ މީހން ވަނީ ފަހަތައް ޖައްސާފަ. އަދި ކޮންޓްރޯލް ކުރެވުމުން މީޑިއާ މީހުންނަށް ބައުންޑަރީގެ ތެރެއިން ޕޮލިސް މީޑިއާގެ ބެލުމުގެ ދަށުން ފުރުސަތު ފަހިކޮށްދީފަ،" ފުލުހުން ބުންޏެވެ.


އަދި ފުލުހުން ބުނީ މީޑިއާ ކަވަރުކުރާ ހަރަކާތްތެރިވާއިރު މީޑިއާކަން އެނގޭނެ ފާސް އަޅައިގެން ހަރަކާތްތެރިވުމަށް އިލްތިމާސް ކުރާކަމަށެވެ.
މީޑިއާ ފުލުހުން
ހިޔާލު