Raajje ah etherekuri 1.5 million Parcels screen kohffi
image
0 ކޮމެންޓް
 

ރާއްޖެއަށް އެތެރެކުރި 1.5 މިލިއަން ޕާރިސަލް ސްކްރީންކޮށްފި

މަނާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެކަމަށް ބެލެވޭ 1.5 މިލިއަން ޕާރިސަލް މިއަހަރު އެކަނިވެސް ސްކްރީންކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.
ދުނިޔޭގެ ޕޯސްޓު ދުވަހާއި ގުޅިގެން ކަސްޓަމްސް އިން ބުނީ، މިއަހަރު އެކަނިވެސް ރާއްޖެއަށް އެތެރެކުރި 1،466،684 ޕާރިސަލްގައި ރާއްޖޭއަށް މަނާ އެއްޗެއް އެތެރެކޮށްފާނެކަމަށް ބެލެވިގެން ސްކޭންކޮށްފަވާކަމަށެވެ.

ކަސްޓަމުން ބުނީ އެ މުއައްސަސާއިން މަސައްކަތް ކުރަނީ އީކޮމާސްއިން ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުކޮށް އޭގެން ހުރި ނުރައްކާތަކަށްވެސް ވިސްނައިގެންކަމަށެވެ.

ދުނިޔޭގެ ޕޯސްޓު ދުވަހުގެ ގޮތުގަ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 9 ވަނަ ދުވަހެެވެ. މި ދުވަހަކީ 1874 ވަނަ އަހަރު ޓޯކިޔޯގައި ގާއިމް ކުރެވުނު 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' އެކުލަވާލުމުގެ އުފަލުގަ ފާހަގަކުރާ ދުވަހެކެވެ.

ކަސްޓަމްސް ޕޯސްޓް
ހިޔާލު