Hiyaalu faalhukurumaai, ehvve ulhumaai mediage mivankan kashavarukohdhinumah govaalaifi
image
0 ކޮމެންޓް
 

ހިޔާލު ފާޅުކުރުމާ، އެއްވެއުޅުމާއި މީޑިއާގެ މިނިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި

ހިޔާލު ފާޅުކުރުމާ، އެއްވެއުޅުމާއި މީޑިއާގެ މިނިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނުން ބުނީ މިއަދު ކްރިމިނަލް ކޯޓު ދޮށުގަ ރައީސް ޔާމިންގެ ޝަރީއަތް ހިނގަމުން ދިޔަވަގުތު އެމަނިކުފާނު ކޯޓުން ނިކުންނަވާވަގުތު މަރްހަބާ ދެންނެވުމަށް އެއްވެ ތިބި ކޯލިޝަންގެ ސަޕޯޓަރުން ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރަމުން ދަނިކޮށް ފުލުހުން ވަނީ ކޮންގްރެސް ޕާޓީގެ ކައުންސިލް މެންބަރަކު ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފަކަމަށެވެ.

"އަނިޔާވެރިގޮތަކަށް އަދި އަންހެނެއްގެ ކަރާމާތައް ވެސް އުނިކަން ލިބޭގޮތަށް ހައްޔަރުކުރި ކުރިން އެ ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ."

ހަމައެއާއެކު އެތަނުގަ ހަރަކާތްތެރިވި މީޑިއާތަކުގެ ތެރެއިން ޗެނަލް 13 މީޑިއާ ކްރޫއަށް މިނިވަންކަމާއެކު ކަވަރޭޖް ގެނެސްދިނުމަށް ހުރަސްއަޅާ ޗެނަލްގެ މުވައްޒަފުން ބޭނުންކުރި ކެމެރާ މައިކް ފަދަ އިކިއުޕްމަންޓުތައް ވެސް ވަރަށް އަނިޔާވެރިގޮތަކަށް އަތުލަމަށް މަސައްކަތްކުރިކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ މިއަދުގެ މުޒާހަރާ ކަވަރުކުރުމަށް ނޫސްވެރިންނަށް ވަކި ބައުންޑަރީޢެއްގެ ތެރެއިން ފުރުސަތު ދިފައިވާނެކަމަށެވެ.

"ބައެއް މީޑިއާތަކުން ވަނީ ފުލުހުންގެ އެންގުމަށް އިޖާބަނުދީ މީޑިއާއަށް ދެއްކި ބައުންޑައީ އަށް ވުރެ ގާތްވެފައި. އެހންކަމުން އެ ީޑިއާ މީހން ވަނީ ފަހަތައް ޖައްސާފަ. އަދި ކޮންޓްރޯލް ކުރެވުމުން މީޑިއާ މީހުންނަށް ބައުންޑަރީގެ ތެރެއިން ޕޮލިސް މީޑިއާގެ ބެލުމުގެ ދަށުން ފުރުސަތު ފަހިކޮށްދީފަ،" ފުލުހުން ބުންޏެވެ.


އަދި ފުލުހުން ބުނީ މީޑިއާ ކަވަރުކުރާ ހަރަކާތްތެރިވާއިރު މީޑިއާކަން އެނގޭނެ ފާސް އަޅައިގެން ހަރަކާތްތެރިވުމަށް އިލްތިމާސް ކުރާކަމަށެވެ.
ހިޔާލު