Moosun goasve, raajjeyge bodu bayakah yellow alert nerefi
image
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ، ށ. އަތޮޅުން މ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ޔެލޯ އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން އެ ސަރަހައްދަށް މިއަދު 08:30 އިން މެންދުރު 12:00 ގެ ނިޔަލަށް ޔެލޯ އެލާޓު ނެރެފައި ވާއިރު މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

އެގޮތުން ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
މޫސުން މެޓް ވިއްސާރަ
ހިޔާލު