Paanaai jam kudakudhinnah dhinun huttaalanvee!
image
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ޕާނާއި ޖޭމް ކުޑަކުދިންނަށް ދިނުން ހުއްޓާލަންވީ!

ޕާނާއި ޖޭމް ނުވަތަ ރޮއްޓާއި ޖޭމަކީ ހެނދުނު ނާސްތާ އަށް، ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގްބޫލު ކާނާ އެކެވެ.
ބެލެނެވެރިން ވެސް ފަސޭހައަކަށް ރޭގަނޑުގެ ކެއުމަށް ވެސް ޕާނާއި ޖޭމް ފަދަ ކާތަކެތި ދޭ ކަން ފާހަގަކުރެވެއެވެ.

އިޝްތިހާރުންނާއި އެހެނިހެން ގޮތްގޮތުން ޖޭމަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކަމުގައި ދެއްކި ކަމުގައި ވިޔަސް ހަގީގަތަކީ އޭގެން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ގިނަ ކަމެވެ.

ޖޭމް ތައްޔާރު ކުރުމަށް މޭވާތައް ފެނުގައި ކައްކައެވެ. އޭގެ ސަބަބުން މޭވާތަކުގައި ހުންނަ ވިޓަމިންސް އާއި މިނަރަލްސްތައް ގެއްލިގެން ދެއެވެ. ހާއްސަކޮށް ހަށިގަނޑަށް ބޭނުންވާ އެންމެ މުހިންމު އެއް މާއްދާ ވިޓަމިން ސީ ފާހަގަކޮށްލެވެއެވެ.

ޖޭމް ހަދަނީ ގިނަ އަދަދަކަށް ހަކުރު އަޅައިގެންނެވެ. ކޮންމެ ސައި ސަމްސަލެއްގެ ޖޭމުގައި ދެ ސައި ސަމްސާގެ ހަކުރު ހުންނާނެ އެވެ.

ކޮންމެ ދުވަހަކު ޖޭމް ކައި އުޅޭނަމަ ބޮޑުވެގެން އަންނަ ވަރަކަށް މާ ބޮޑަށް ބަރުވުމާއި ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެގެންދެއެވެ. އެއީ އޭގައި ފުދޭ ވަރަކަށް ކެލޮރީސް ހުންނާތީ އެވެ.

ހަމަ އެހެންމެ ޖޭމް ފަދަ ކާއެއްޗެހި ކައި އިރު ބަނޑުފުރޭ ކަމަށް ސިކުނޑިއަށް ނުބައި ސިގްނަލްތަކެއް އާދެއެވެ. އެހެންކަމުން މާ ގިނައިން ބަނޑުހައިވެ އަބަދު ކާހިތްވެފައި ހުރުމަށް ވެސް މަގުފަހިވާނެ އެވެ.
ކުޑަކުދިން ސިއްހަތު
ހިޔާލު

ފާތުމަ

ދެންބުނެދީ ބަލަ ކުދިންނަށް ކާންދޭންވީ އެއްޗެއް