Kim aai Kourtney Armenia ge raees aa bahdhalu koffi
image
ކިމް އާއި ކޯޓްނީ އަރްމީނިއާގެ އިސްވެރިންނާއެކު--
0 ކޮމެންޓް
 

ކިމް އާއި ކޯޓްނީ އަރްމީނިއާގެ ރައީސްއާ ބައްދަލުކޮށްފި

ކިމް ކާޑޭޝިއަން އާއި ކޯޓްނީ ކާޑޭޝިއަން އަރްމީނިއާގެ ރައީސް އަރްމެން ސަރްކިސިއާން އާ ބައްދަލުކޮށްފި އެވެ.
އެ ބައްދަލުވުން އޮތީ އަރްމީނިއާގެ ރިޔާސީ ގަނޑުވަރުގައި މިދިޔަ އަންގާރަ ދުވަހު އެވެ. އެ ބައްދަލުވުމުގައި ކިމް އާއި ކޯޓްނީގެ ޝަރަފުގައި ވަނީ ރޭގަނޑުގެ ކެއުމެއް ބާއްވާފަ އެވެ.

އެ ދެ ތަރިންނަށް ހޫނު މަރުހަބާއެއް ކިޔާފައި ވާއިރު، ރިޔާސީ ގަނޑުވަރުގެ ޓުއާއެއްވެސް ވަނީ ދީފަ އެވެ. އަދި ހާއްސަ މާބޮނޑިތަކެއް ދީފައި ވެއެވެ.

އެ ހަފްލާއަށް ކިމް ހުރީ ކަޅު ކުލައިގެ ވެލްވެޓް ސޫޓެއް ލައިގެންނެވެ. ކޯޓްނީ ވެސް ހުރީ ކަޅު ސޫޓެއް ލައިގެންނެވެ. އެކަމަކު އޭގެ ދަށުން ލައިގެން ހުރީ ހުދު ޓީޝާޓެކެވެ.

އުމުރުން 38 އަހަރުގެ ކިމް ބުނީ އޭނާގެ ދަރިންނާއި، ދައްތައާއެކު އަރްމީނިއާއަށް ދެވުމުން ވަރަށް އުފާ ކުރާ ކަމަށާއި، އެއީ އޭނާއަށް ވަރަށް ހާއްސަ ދަތުރެއް ކަމަށެވެ.

ކިމް އާއި އޭނާގެ ދައްތަމެންނަކީ އެމެރިކާއަށް އުފަން ބަޔެއް ނަމަވެސް، އެމީހުންގެ އާއިލާގެ ދަރިފަސްކޮޅު ނިސްބަތް ވަނީ އަރްމީނިއާ އަށެވެ.
ހިޔާލު