Nora ge enme fahuge lava, Pyar Do Pyar Lo nerefi
image
ނޯރާ---
0 ކޮމެންޓް
 

ނޯރާގެ އެންމެ ފަހުގެ ލަވަ "ޕިޔާރު ދޯ، ފިޔާރު ލޯ" ނެރެފި

މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީގެ އެންމެ ފަހުގެ ލަވަ "ޕިޔާރު ދޯ، ފިޔާރު ލޯ" ނެރެފި އެވެ.
އެލަވަ އެނެރިފައި ވަނީ ދާދި ދާދި ދެންމެ އެވެ. މިއީ ސިދާތު މަލްހޯތުރާ އާއި ތާރާ ސުތަރިއާގެ ކުރިއަށް އޮތް ފިލްމު "މަރްޖާންވާން" ގެ ލަވައެކެވެ. ތިން މިނެޓާއި 17 ސިކުންތުގެ އެލަވަ ކިޔާފައި ވަނީ ތަނިޝްކް އާއި ނޭހާ ކައްކަރު އަދި ޔަޝް އެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެލަވަ 28 ހާހަށް ވުރެ ގިނަ މީހުން ބަލާފައި ވާއިރު ގިނަ ބަޔަކަށް އެލަވަ ވަނީ ކަމުގޮސްފައެވެ. "ޕިޔާރް ދޯ، ޕިލާރު ލޯ" އަކީ 1986 ވަނަ އަހަރު ނެރުނު ފިލްމު "ސާގަރް" ގައި އިންނަ ލަވައެކެވެ. ރޭކާ ފެނިގެންދާ އެލަވަ އަކީ އޭރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލަވަ އެކެވެ.


ނޯރާ އެންމެ ފަހުން ފެނިފައި ވަނީ "ޕެޕެޓަ" ލަވަ އިންނެވެ. އެލަވައަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އޭގެ އިތުރުން ވިކީ ކޯޝަލް އާއެކު "ޕަޗްތާއޯގޭ" މިއުޒިކް ވީޑިއޯ ލަވައަކުން ވެސް ނޯރާ ވަނީ ފެނިފަ އެވެ.

އަމިއްލައަށް ކޮރިއޮގްރާފް ކުރަމުން އަންނަ ނޯރާއަކީ ލަވަ ޕްރޮޑިއުސްކޮށް ޑައިރެކްޓް ވެސް ކުރަމުން އަންނަ ފަރާތެކެވެ. އޭނާ ވަނީ އެމްޓީވީއިން ދައްކަމުން އަންނަ ޝޯއެއް ކަމަށްވާ ޑޭޓިން އިން ދަ ޑާކްގެ ހޮސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ކަލާސް ޓީވީ އިން ދައްކާ މަޝްހޫރު ޝޯ، ބިގް ބޮސް ނުވައެއްގައި ވެސް ފެނިފައިވާ ނޯރާ ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.

ނޯރާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ ސަތްޔަމޭވަ ޖަޔަތޭގެ ލަވައެއް ކަމަށްވާ "ދިލްބަރް" އަށް ފަހު ގައެވެ. އެއަށްފަހު ގިނަ ބޮލީވުޑް ލަވަތަކުން ނޯރާ ފެނިފައި ވާއިރު ދާދި ފަހުން އޭނާ ކުޅުނު "ސާކީ ސާކީ" ލަވައަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ހިޔާލު