Tamil comedia Krishnamurthy maru vejje
image
ތަމަޅަ ކޮމީޑިއަން ކްރިޝްނަމުރްތީ--
0 ކޮމެންޓް
 

ތަމަޅަ ކޮމީޑިއަން ކްރިޝްނަމުރްތީ މަރުވެއްޖެ

ތަމަޅަ ކޮމީޑިއަން ކްރިޝްނަމުރްތީ، މަޝްހޫރު ނަމުން ނަމަ "މެނޭޖަރު ކްރިޝްނަމުރްތީ" އުމުރުން 55 އަހަރުގައި މިދިޔަ ހޯމަ ދުވަހު މަރުވެއްޖެ އެވެ.
އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އެކަން ދިމާވިއިރު، އޭނާ ހުރީ ވެސް ފިލްމު ޝޫޓިން އެއްގަ އެވެ. ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ފެށި ކްރިޝްނަމުރްތީ ވެފައި ވަނީ މަގްބޫލު ކޮމީޑިއަން އަކަށެވެ.

އޭނާ ވަނީ "އިންގްލިޝް ކަރަން"، "ރޯޖާ ކޫތަމް" އަދި "ފްރެންޑްސް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭނާ މަރުވި އިރު އަތްބަކާއި ދެ ދަރިން އެބަ ތިއްބެވެ.
ހިޔާލު