Dengue ge shikaara akah Dharey ves
image
ދަރޭ--
0 ކޮމެންޓް
 

ޑެންގޫގެ ޝިކާރައަކަށް ދަރޭ ވެސް!

ޑެންގޫގެ ޝިކާރައަކަށް ބޮލީވުޑުގެ އެކްޓަރު ދަރުމެންދަރު (ދަރޭ) ވެސް ވެއްޖެއެވެ.
މި ދުވަސްކޮޅަކީ ޓީވީ އިންޑަސްޓްރީގެ ސަޕޯޓަރުންނަށް ވަރަށް ހިތާމަވެރި ދުވަސްކޮޅެކެވެ. އެއީ ވަރަށް ގިނަ ފަންނާނުން ޑެންގޫ ހުމުގެ ޝިކާރައަކަށް ވެގެން އުޅޭކަމުގެ ހަބަރު ލިބުމާ ގުޅިގެންނެވެ.

އެފަންނާނުންގެ އިތުރުން މިހާރު ދަރޭ ވެސް މިވަނީ ޑެންގޫގެ ޝިކާރައަކަށް ވެފައެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދަރޭ އަށް ޑެންގޫ ހުން ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓުކުރުމަށް ފަހު އޭނާ މިހާރު ގެއަށް ފޮނުވާލާފައިވާ ކަމަށެވެ. އެގޮތުން އޭނާ ގެއަށް ފޮނުވާލީ ތިން ދުވަހު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތުމަށްފަހު ހާލު ރަނގަޅުވަމުން އަންނާތީއެވެ.

ގިނަ އެވޯޑުތައް ހޯދާފައިވާ ދަރޭ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އެގޮތުން އޭނާ މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޝޯލޭ" އާއި "ލޯހާ" އާއި "ދަރަމް ވީރް" އާއި "ގުލާމީ" އާއި "ލަމްޔާ ޕަގްލާ ދިވާނާ" އަދި "އާޒާދް" ހިމެނެއެވެ.
ހިޔާލު