Kylie gaiy agu bodu car ehge post ah faadu kiyun amaazuvumun delete koffi
image
0 ކޮމެންޓް
 

ކައިލީ ގަތް އަގު ބޮޑު ކާރެއްގެ ޕޯސްޓަށް ފާޑުކިޔުން އަމާޒުވުމުން ޑިލީޓުކޮށްފި

މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާ، ތިން މިލިއަން ޑޮލަރަށް ކާރެއް ގަތުމަށް ފަހު އެ ކާރުގެ ފޮޓޯ އާންމުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ އެ ޕޯސްޓް ޑިލީޓްކޮށްފި އެވެެ.
އުމުރުން 22 އަހަރުގެ ކައިލީ މިހާރުވެސް އެންމެ ފަހުގެ އެތައް އުޅަނދެއް ގެންގުޅެ އެވެ. އެގޮތުން ތިން މިލިއަން ޑޮލަރުގެ އެންމެ ފަހުގެ ބުގާޓީ ކާރެއް ގަނެ އެ ޕޯސްޓް ކުރުމާއެކު އޭނާއަށް ފާޑުކިޔުންތައް އަމާޒުކުރި މައިގަނޑު ސަބަބަކީ ދުނިޔޭގައި އެތައް ބަޔަކު ބަނޑުހައި ހޫނުކަމުގައި ދިރިއުޅެމުން އަންނައިރު އޭނާ އެހާ މުއްސަނދި ދިރިއުޅުމެއް އުޅޭތީއެވެ.

ފާޑުކިޔުންތަކާއެކު ކައިލީ ވަނީ އޭނާގެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.
View this post on Instagram

freaky friday

A post shared by Kylie ✨ (@kyliejenner) on


ކައިލީއަކީ އެންމެ ޒުވާން ބިލިއަނަރެވެ.

ރެޕާ ޓްރަވިސް ސްކޮޓްއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކައިލީއަށް އަންހެން ކުއްޖަކު ވެސް ލިބިފައި ވެއެވެ. އެކަމަކު ޓްރަވިސްއާ އޭނާގެ ދެމެދުގަ މައްސަލަތަކެއް ދިމާވެ ރުޅިވެފައިވާ ކަމުގެ އަޑުތައް ވެސް ގަދަ އެވެ.
ހިޔާލު