Mental health Day ge harakaaithah raees ge anbikanbalun ballavaalavvaifi
image
ރައީސްގެ އަނބިކަނބަލުން ފަޒްނާ ހަރަކާތްތައް ބައްލަވާނީ-- ފޮޓޯ: ރައީސް އޮފީސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

"މެންޓަލް ހެލްތް ޑޭ" ގެ ހަރަކާތްތައް ރައީސްގެ އަނބިކަނބަލުން ބައްލަވާލައްވައިފި

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ބައްލަވާލައްވައިފިއެވެ.
ފެކަލްޓީ އޮފް ހެލްތް ސައިންސްގައި މިއަދު ކުރިޔަށްގެންދާ ހަރަކާތްތައް ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ނަފްސާނީ ދުޅަހެޔޮކަމާބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ފެކަލްޓީގެ ދަރިވަރުން ބަހައްޓާފައިހުރި މައުލޫމާތު ދޭ ޑެސްކްތަކަށް ޒިޔާރަތްކުރައްވައި އެކަމަނާ މައުލޫމާތު ހޯއްދަވާފައިވެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދާ އެ ހަރަކާތަކީ އެ ފެކަލްޓީގެ ޑިޕާޓްމަންޓް އޮފް ވެލްނަސްގެ މުވައްޒަފުންނާއި އެ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ކޯސްތަކުގެ ދަރިވަރުން އިސްނަގައިގެން ބާއްވާ ހަރަކާތްތަކެކެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަަކީ "ވޯލްޑް މެންޓަލް ޑޭ" ގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ހިޔާލު