Raajjeyge bodu bayakah white alert nerefi, moosumah samaaluvey!
image
ކަނޑު ގަދަ ދުވަހެއް-- ފޮޓޯ: ޕީއެސްއެމް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި، މޫސުމަށް ސަމާލުވޭ!

މޫސުން ގޯސްވެ، ހއ، އަތޮޅުން ލ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން އެ ސަރަހައްދަށް މިއަދު މެންދުރު 12:30 އިން ހަވީރު 17:30 ގެ ނިޔަލަށް ވައިޓް އެލާޓު ނެރެފައި ވާއިރު މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ވަނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ބުނެފަ އެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފައެވެ.
މޫސުން މެޓް ވިއްސާރަ
ހިޔާލު