Raajje ishthihaaru kurumah italygai harakaaithah fashaifi
image
ރާއްޖެ އިޝްތިހާރު ކުރުމަށް އިޓަލީގައި ހަރަކާތްތައް ހިންގަނީ-- ފޮޓޯ: އެމްއެމްޕީއާރްސީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ރާއްޖެ އިޝްތިހާރު ކުރުމަށް އިޓަލީގައި ހަރަކާތްތަކެއް ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތައް އިޓަލީގައި ފަށައިފިއެވެ.
އެގޮތުން އިޓަލީގެ ސިޓީ އެއް ކަމަށްވާ ރިމިނީގައި އޮންނަ "ޓީ.ޓީ.ޖީ ޓްރެވެލް އެކްސީޕީރިއެންސް" ފެއާ ގައި ބައިވެރިވުމުގެ އިތުރުން ރޯޑް ޝޯ އެއްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އިޓަލީގައި ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ ކަމުގައިވާ "ޓީ.ޓީ.ޖީ ޓްރެވެލް އެކްސީޕީރިއެންސް" ފެއާ ކުރިޔަށްދާނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިމިނީގައެވެ.

އެމްއެމްޕީއާރްސީ އާއި އެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 25 ކުންފުންޏަކުން އެ ފެއާގައި ބައިވެރިވެފައިވާ އިރު ރާއްޖޭގެ ފަތުރުވެރިކަން އިޓަލީ މާކެޓުގައި އިތުރަށް އިޝްތިހާރު ކުރެވޭނެ ގޮތްތަކާމެދު ފެއާގެ އެކި ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވިގެން ދާނެއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އެ ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު މަގްސަދަކީ އެ ފެއާ އަކީ އިޓަލީގެ ސީދާ ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ހިންގޭ މުހިންމު ފެއާ އަކަށް ވެފައި، އެއީ އިޓަލީގައި ރާއްޖެ އިޝްތިހާރު ކޮށް، ވިޔަފާރި އިތުރަށް ފުޅާކުރަން ހުޅުވިގެންދާ ދޮރަކަށް ވާތީއެވެ. އެ ފެއާގައި 90 ގައުމަކުން 2،131 މީހުން ބައިވެރިވެ 44،647 މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެއެވެ.

"ޖާނީ ޓޫ ދަ ސައިޑް" ގެ ދަށުން ކުރިޔަށް ގެންދާ ރޯޑް ޝޯ އެއްވެސް މި މަހުގެ 14 އިން 15 އަށް އިޓަލީގެ ރޯމްގެ މިލާންގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެ ރޯޑް ޝޯ ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިން ނުވަ ފަރާތެއް ބައިވެރިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓް އިޝްތިހާރުކުރުމުގެ ފުރުސަތު އިޓަލީގެ އެކި ޓުއާ އޮޕަރޭޓަރުންނާއި މީޑިއާ އަށް ލިބިގެންދާނެއެވެ. އޭގެ އިތުރުން އިޓަލީގެ ފަތުރުވެރިން އިތުރަށް ރާއްޖެ ގެނެވޭނެ ގޮތްތަކާއި މެދު ވެސް މަޝްވްރާ ކުރެވިގެން ދާނެއެވެ.
ހިޔާލު