3 vana SAARC thauleema behey vazeerunge bahdhaluvun fashaifi
image
މިއަދުގެ ބޭއްވި ރަސްމިޔާތުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސާކް ގައުމުތަކުގެ ތައުލީމާ ބެހޭ ވަޒީރުންގެ ތިން ވަނަ ބައްދަލުވުން ފަށައިފި

ތިންވަނަ ސާކު ތައުލީމާ ބެހޭ ވަޒީރުންގެ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ފަގީރުކަން ނައްތާލުމަށް އެންމެ މުހިއްމު ރޯލެއް އަދާކުރަނީ ތައުލީމް ކަމަށެވެ. އަދި ހަމައެހެންމެ ގައުމު ކުރިއަރައި ތަރައްގީވުމުގައި ވެސް އެންމެ މުހިންމު ރޯލެއް އަދާކުރަނީ ތައުލީމު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭގެ އިތުރުން ސާކު ގައުމުތަކުގެ މެމްބަރު، ރައްޔިތުންގެ ކުރިއެރުމަށް މިހާރަށްވުރެ ފައިދާހުރި މަސައްކަތްތައް ކުރުމަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ގޮވާލައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓު މެންބަރުންނާއި މިނިސްޓަރުންގެ އިތުރުން އިސް އޮފިޝަލުން އަދި ސާކް ގައުމުތަކުގެ ތައުލީމީ ދާއިރާއާ ގުޅުންހުރި ބޭފުޅުން ވެސް ވަނީ ބައިވެރިވެފައެވެ.

އެ ރަސްމިއްޔާތު ބާއްވާފައިވަނީ އަލަށް ހުޅުވި "ކްރޮސްރޯޑްސް މޯލްޑިވްސް" ގައެވެ.
ހިޔާލު