Dharifulhah 2 mas nuvanees instagram account eh hulhuvaidheefi
image
ޖޭ އާިއ މާހީ އަދި ތާރާ---
0 ކޮމެންޓް
 

ދަރިފުޅަށް ދެ މަސް ނުވަނީސް އިންސްޓަގުރާމު އެކައުންޓެއް ހުޅުވައިދީފި

މަޝްހޫރު ޓީވީ އެކްޓްރެސް އަދި މޮޑެލް މާހި ވިޖް އަށާއި އޭނާގެ ފިރިމީހާ އެކްޓަރު ޖޭ ބަނޫޝަލީގެ ދަރިފުޅަށް ދެ މަސް ނުވަނީސް އިންސްޓަގުރާމު އެކައުންޓެއް ހުޅުވައިދީފިއެވެ.
ޖޭ އާއި މާހީ އަށް ދަރިފުޅު ލިބިފައި ވަނީ އޮގަސްޓު މަހު 21 ގައެވެ. އިންސްޓަގުރާމު މެދުވެރިކޮށް ޖޭ ދަރިފުޅަށް ކި ނަން ހާމަކޮށްފައިވާއިރު އެކުއްޖާއަށް ކިޔަނީ "ތާރާ ޖޭ ބަނޫޝަލީ" އެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ދަރިފުޅު ތާރާގެ އޮފިޝަލް އިންސްޓަގުރާމު ހުޅުވާފައިވާކަން ޖޭ އޭނާގެ ސަޕޯޓަރުންނަށް އަންގާފައިވާއިރު އެ އެކައުންޓަށް މިހާރު ވަނީ ބައެއް ފޮޓޯތައް ވެސް އަޅާފައެވެ. އެގޮތުން ޖޭ އާއި މާހީ ގެ ފޮޓޯގެ އިތުރުން ތާރާ އާއެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ އެ އެކައުންޓުގައި ހިއްސާކޮށްފައެވެ.

އުމުރުން 34 އަހަރުގެ ޖޭ އާއި 37 އަހަރުގެ މާހީ ކައިވެނިކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. މިއީ އެ ދެމީހުންގެ ފުރަތަމަ ދަރިފުޅެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެ ޖޯޑު ވަނީ މީގެ ކުރިން "ނަޗް ބަލިއޭ" ގައި ވެސް ބައިވެރިވެފަ އެވެ. އަދި ގިނަ ޓީވީ ޝޯތަކުގައި ވެސް ޖޭ އަދި މާހީ ވަނީ ފެނިގެން ގޮސްފަ އެވެ.
ހިޔާލު