MDN suspend kohffi
/
image
0 ކޮމެންޓް
 

އެމްޑީއެން ސަސްޕެންޑް ކޮށްފި

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް (އެމްޑީއެން) ސަސްޕެންޑް ކޮށްފިއެވެ.
އެމްޑީއެން ސަސްޕެންޑު ކުރިއިރު އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތަކެއް ހުރި ރިޕޯޓު އާންމުކުރުމާ ގުޅިގެން އެ ޖަމިއްޔާ ބޭން ކުރުމަށް ގޮވާލާ ޕެޓިޝަނެއް ވެސް ވަނީ އެކުލަވާލާފައެވެ.

ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑު ކުރީ 'ޕަލިމަނަރީ އެސެސްމަންޓް އޮފް ރެޑިކަލަޒޭޝަން އިން ދަ މޯލްޑިވްސް' ނަމުގަ ޝާއިއުކޮށްފައިވާ ރިޕޯޓުގަ އިސްލާމް ދީނާ ހިލާފް ވާހަކަތަކެއް ހުރި ކަމަށާ، އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސއވ) ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަސައެއް ބަލަމުން އަންނާތީކަމަށެވެ.

ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށައިގެންފައިވާ މިންވަރު ބެލުމަށްޓަކައި އެންޑީއެން އިން ކުރި ދިރާސާ ރިޕޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ޖަމިއްޔާ އުވާލުމަށާއި އެ ޖަމިއްޔާގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ހިޔާލު