2700 ahvure gina kunfuni uvaalan iulaanukohffi
image
ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރްޔަމް ވިސާމް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

2700 އަށްވުރެ ގިނަ ކުންފުނި އުވާލަން އިއުލާނުކޮށްފި

އަހަރީ ފީ ނުދައްކާތާ ގިނަ ދުވަސްވީ 2700 އަށްވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން ނިންމަފިއެވެ.
އުވާލަން ނިންމާފައިވަނީ 2007 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދައްކާ 2711 ކުންފުންޏެވެ.


އެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގަން ބޭނުންވާ ނަމަ، އެކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިލްތިމާޒްތައް ފުރިހަމަ ކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގަ ބުނެފައިވެއެވެ.

ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ ގަރާރެއް ހުށަހަޅަން ޖެހޭނެއެވެ.
ހިޔާލު