Islaam dheenah furahsaara kuraa nama qanoonee fiyavalhu alhaanan: Home Minister
image
0 ކޮމެންޓް
 

އިސްލާމް ދީނަށް ފުރައްސާރަ ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓަރު

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ރާއްޖޭގެ ޤާނޫނުތަކުން ފިޔަވަޅު އެޅޭނެކަމަށާއި އެކަން މި ސަރުކާރުން ކުރައްވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ސަސްޕެންޑްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

" މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކުރުމަކީ ޤާނޫނީ ފިޔަވަޅު އެޅޭނެ. އެކަން މިސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން އަރުވަން،"

ޔޫތް މިނިސްޓްރީން ބުރާސްފަތި ދުވަހު އެމްޑީއެން ސަސްޕެންޑު ކުރިއިރު އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތަކެއް ހުރި ރިޕޯޓު އާންމުކުރުމާ ގުޅިގެން އެ ޖަމިއްޔާ ބޭން ކުރުމަށް ގޮވާލާ ޕެޓިޝަނެއް ވެސް ވަނީ އެކުލަވާލާފައެވެ.

ޔޫތް މިނިސްޓްރީން ބުނެފައިވަނީ އެ ޖަމިއްޔާ ސަސްޕެންޑު ކުރީ 'ޕަލިމަނަރީ އެސެސްމަންޓް އޮފް ރެޑިކަލަޒޭޝަން އިން ދަ މޯލްޑިވްސް' ނަމުގަ ޝާއިއުކޮށްފައިވާ ރިޕޯޓުގަ އިސްލާމް ދީނާ ހިލާފް ވާހަކަތަކެއް ހުރި ކަމަށާ، އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސއވ) ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަސައެއް ބަލަމުން އަންނާތީކަމަށެވެ.

ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށައިގެންފައިވާ މިންވަރު ބެލުމަށްޓަކައި އެންޑީއެން އިން ކުރި ދިރާސާ ރިޕޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ޖަމިއްޔާ އުވާލުމަށާއި އެ ޖަމިއްޔާގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ހިޔާލު