Aguheyokuran STO in vaige magun fiyaa shipment eh genanee
image
މީހަކު ފިޔާ ބައްތާއެއް ކޮނޑަށް ލައިގެން: ފޮޓޯ އަވަސް
0 ކޮމެންޓް
 

އަގު ހެޔޮ ކުރަން އެސްޓީއޯ އިން ވައިގެ މަގުން ފިޔާ ޝިޕްމަންޓެއް ގެންނަނީ

ބާޒާރުގައި ބޮޑުވެފައިވާ ފިޔާގެ އަގު ދަށް ކުރަން އެސްޓީއޯ އިން އެއާ ފްރައިޓްކޮށް މިރޭ ފިޔާ ޝިޕްމަންޓެއް ގެންނަން ނިންމައިފި އެވެ.
ރާއްޖެއަށް ފިޔާ އެތެރެ ކުރުމުގައި ވިޔަފާރިވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލު ކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ އިންޑިއާއިން ދިވެހިރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދިޔަ މައްސަލަތައް ހައްލުކުރެވި، ދަތިކަމެއް ނެތި މިހާރު ފިޔާ އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ.

ފިޔާގެ އަގު ބޮޑު ވެފައި މި ވަނީ އިންޑިއާ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ފިޔާ އެކްސްޕޯޓް ކުރުން މަދުކުރުމާއި ގުޅިގެންނެވެ.

ނަމަވެސް ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތަކެއް ނޫޅޭނެ ކަމަށެވެ.

ފިޔާ ބަސްތާއެއްގެ އަގު 800 ރުފިޔާ އާއި 1000 ރުފިޔާ އަށް އުޅޭއިރު ފިޔާ ކިލޯއެއްގެ އަގު އުޅެނީ 30 ރުފިޔާ އާއި 60 ރުފިޔާ އާއި ދެމެދުގައެވެ.

ފިޔާގެ އަގު މައްޗަށް ގޮސްފައިވުމުން ބައެއް ވިޔަފާރިވެރިން ފިޔާ ގަތުން ހުއްޓާލާފައިވާ ކަން ވެސް ފާހަގަކުރެވެއެވެ.

މައުލޫމާތު ލިބުނު ގޮތުގައި އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ގިނަ ގައުމުތަކަށް ފިޔާ ވިއްކުން ވަނީ ހުއްޓާލާފަ އެވެ. ބައެއް ވިޔަފާރިވެރިން ވަނީ މިހާރު އެހެން ބަނދަރުތަކުން ފިޔާ ބޯޓު ފަހަރަށް ބަރު ކުރަން ފަށާފަ އެވެ.
އިގްތިސާދު އެސްޓީއޯ
ހިޔާލު