Prince heekuree India in handhah fonuvee Vikram kiyaa meeheh kamah!
image
ޕްރިންސް ނަރޫލާ--
0 ކޮމެންޓް
 

ޕްރިންސް ހީކުރީ އިންޑިއާއިން ހަނދަށް ފޮނުވީ ވިކްރަމް ކިޔާ މީހެއް ކަމަށް!

މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންޑިއާއިން ހަނދަށް ތިރިކުރަން މަސައްކަތް ކުރި "ވިކްރަމް" ލޭންޑާ ހަނދަށް ވެއްޓި އެގައުމުން ހަނދަށް ދިއުމަށް ކުރި އުންމީދުވީ ފެނަށެވެ.
އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗު އޯގަނައިޒޭޝަނުން ހަނދަށް ފޮނުވާލި "ޗަންދްރަޔާން -2" އަކީ އެގައުމުން ހަނދަށް ފޮނުވި ފުރަތަމަ އުޅަނދެވެ. އަދި ހަނދުގައި ދިރާސާތައް ކުރުމަށް އެ އުޅަނދުގައި ވަނީ ހަނދުގެ އޯބިޓަށް ވަނުމަށް ފަހު ހަނދުގެ ފަށަލަަށް "ވިކްރަމް" ގެ ނަން ދީފައިވާ ލޭންޑާ ތިރިކުރަން މަސައްކަތް ކޮށްފަ އެވެ.

ވިކްރަމް މޮޑިއުލް ހަނދަށް ތިރިކުރަން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށް ވެއްޓުނުއިރު އެ އުޅަނދު ތިރިކުރާ މަންޒަރު ބަލަން އެގައުމުގެ އެތައް ބަޔަކު ތިއްބެވެ. އެގޮތުން އެމްޓީވީ ރޯޑީސްގެ 12 ވަނަ ސީޒަން ކާމިޔާބުކޮށް މަގްބޫލުކަން ހޯދި ޕްރިންސް ނަރޫލާ ބުނީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ޝޯ، ނަޗް ބަލިޔޭގެ ކަންކަމުގައި އުޅުމުން އެ ދުވަސްވަރު ހަބަރު ބަލަން ފުރުސަތު ވެސް ނުލިބުނު ކަމަށާއި ހަނދަށް ތިރިކުރަން މަސައްކަތް ކުރި ވަގުތު ވެސް ބަލާލަން ނުލިބުން ކަމަށެވެ.

އުމުރުން 29 އަހަރުގެ ޕްރިންސް ބުނި ގޮތުގައި އެ ދުވަހު އޭނާއަށް އިވުނީ ވިކްރަމް ހަނދަށް ތިރިކުރާ ވާހަކަ ކަމަށާއި އިރުކޮޅަކުން އިވުނީ ވެއްޓުނު ހަބަރު ކަމަށެވެ. އަދި އެ ދުވަހު އޭނާ ވިސްނީ ވިކްރަމްގެ އާއިލާ ދެރަވާނެ މިންވަރު ކަމުން ޖެހިގެން އައި ދުވަހު ސޯޝަލް މީޑިއާގައި އޭނާ ޖައްސަން އުޅުނު ލައިވް ސެޝަނެއްގައި ވިކްރަމްގެ އާއިލާއަށް ތައުޒިޔާ ކިޔަން އުޅެނިކޮށް ކައިރީގައި އިން މީހާ ކޮއްޓާލާފައި އެއީ އިންސާނެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ޕްރިންސް ބުންޏެވެ.

ހިނި އައިސް އިނދެގެން ޕްރިންސް އެވާހަކަ ކިޔައިދެމުން އޭނާ ބުނީ އަވަހަށް ލައިވް އޭނާ ކެންސަލް ކޮށްލީ ކަމަށެވެ. ވާނުވާ އެނގުނީ މާފަހުން ކަމަށް ވެސް ޕްރިންސް ބުންޏެވެ.
View this post on Instagram

I felt like sharing this before and after picture of mine after watching this new reality show for fashion influencers called @myntrafashionsuperstar. As most of you guys know my journey started off on Roadies and has changed so much over the last couple of years. Roadies is what helped my career take flight and that is what this new show is trying to do for these next gen fashion influencers. Watching @officialaccount_princeverma reminded me of my younger days and my fellow Punjabi always remember that you will evolve over the next couple of years, put in the hard work and stay patient and what is meant for you will come to you. Check out the show on @myntra app by clicking the LINK in BIO #Myntrafashionsuperstar #MFSMentorClub #DoesntComeEasy. . . #galleri5influenstar *LINK in my bio *

A post shared by Prince Yuvika Narula (@princenarula) on


ޕްރިންސްއަށް އިންޑިއާއިން ހަނދަށް ފޮނުވީ ކޯއްޗެއްކަން ނޭނގުނަސް އެ ދުވަހުގެ ހާދިސާއާ ގުޅިގެން ބޮލީވުޑުގެ ތަރިން ވެސް އިންޑިއާގެ ޖައްވީ އިދާރާއަށް ތައުރީފު ކުރިއެވެ. އެގޮތުން އެހިސާބަށް ދިއުމަކީ ވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ބުންޏެވެ.

ޕްރިންސް ވަނީ 2015 ވަނަ އަހަރުގެ ރޯޑީސް އާއި ސްޕްލިޓްސްވިލާ އަދި އެއަހަރުގެ ބިގްބޮސް 9 ވެސް ކާމިޔާބު ކޮށްފައެވެ. މިހާރު އޭނާއަކީ ރޯޑީސްގެ ލީޑަރެކެވެ.

ހަނދަށް ޖެއްސުމަށް އިންޑިއާއިން ކުރި މަސައްކަތަށް ނާސާއިން ވެސް ވަނީ ތައުރީފު ކޮށްފަ އެވެ. އަދި އެއީ ފަސޭހަ ކަމެއް ނޫން ކަމުން އެކުގައި މަސައްކަތް ކުރުމަށް ވެސް ނާސާއިން ހުޅުވާލި އެވެ.
ހިޔާލު