Hithadhooge flat thah havaalu kurumuge massaiykaiy fashaifi
image
އައްޑޫގައި ހުރި ފްލެޓްތައް-- ފޮޓޯ: އައްޑޫ ލައިވް
ޢަލީ ޖުމާން ފުވާދު
0 ކޮމެންޓް
 

ހިތަދޫގެ ފްލެޓްތައް ހަވާލު ކުރުުމުގެ މަސައްކަތް ފަށައިފި

ސ.ހިތަދޫގައި އިމާރާތް ކުރެވިފައިވާ ފްލެޓްތައް ލިބޭ ހައްގުވެރި ފަރާތްތަކަށް ފްލެޓް އެގްރީމަންޓްގައި ސޮއި ކޮށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިިފިއެވެ.
ފްލެޓްތައް ލިބުނުކަމުގެ ލިޔުން ހަވާލުކޮށް އެގްރީމަންޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން ދަނީ ސ.ހިތަދޫގެ ސިޓީ ކައުންސިލްގައެވެ. މުޅި ޖުމްލަ 264 ފްލެޓްއެއް ހަވާލުކުރާނެއެވެ.ފްލެޓްތައް ލިބިލެއްވި ފަރާތްތަކުން ސޮއި ކުރުމުގެ ކުރިން ފްލެޓް ބަލާލަން ބޭނުންވާނަމަ މިއަދުން ފެށިގެން މިމަހުގެ 18 އަށް ކޮންމެ ދުވަހަކު ހެނދުނު 9:30 އިން 12:00 އަށް އަދި 14:00 އިން 17:00 އަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ހިފައިން ފްލެޓް ސަރަހައްދަށް ވަޑައިގަތީމަ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.


ހިޔާލު