Sri lankage chief field engineer, mndf ge chief aa bahdhalkohfi
image
މޭޖަރ ޖެނެރަލް ޓީ ޖޭ ނަނަޔައްކަރައާއި ޖެނެރަލް ޢަބްދުﷲ ޝަމާލް-- ފޮޓޯ:އެމްއެންޑީއެފް
ޢަލީ ޖުމާން ފުވާދު
0 ކޮމެންޓް
 

ސްރީލަންކާގެ ޗީފް ފީލްޑް އިންޖީނިއަރ، އެމްއެންޑީއެފްގެ ޗީފް އާއި ބައްދަލުކޮއްފި

ސްރީލަންކާ އަސްކަރިއްޔާގެ ޗީފް ފީލްޑް އިންޖީނިއަރ، މޭޖަރ ޖެނެރަލް ޓީ ޖޭ ނަނަޔައްކަރަ، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ މިއަދު ބައްދަލުކޮއްފިއެވެ.
ބަންޑާރަކޮށީގައި މިއަދު އޮތް މި ބައްދަލުވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންނާއި، ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމްތަކަށް ފުރުސަތު ހޯދުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކޮއްފައެވެ.

މޭޖަރ ޖެނެރަލް ޓީ ޖޭ ނަނަޔައްކަރަ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ދިވެހި ސިފައިންނަށް ހިނގާ އެކްސްޕްލޯސިވް އޯރޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ބޭސިކް ޓްރޭނިންގް ކޯހުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ކުރި ދަތުރެކެވެ.

މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ ސްރީލަންކާ އަސްކަރިއްޔާގެ މުދައްރިބުންނެވެ.

މިއަދުގެ މި ބައްދަލުކުރުމުގައި އޯރޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް މުޙައްމަދު ޝަރީފް ވަނީ ބައިވެރިެފައެވެ.
ހިޔާލު