Viyafaareege hurihaa khidhumatheh eh viuga akun dhinumah kunfunyeh ufahdhavaifi
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ވިޔަފާރީގެ ހުރިހާ ހިދުމަތެއް އެއް ވިއުގައަކުން ދިނުމަށް ކުންފުންޏެއް އުފައްދަވައިފި

ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ކުންފުންޏެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ގަރާރަކުން މިއަދު އުފެއްދެވި ކުންފުނީގެ ނަމަކީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ކަމަށެވެ.

މި ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށްޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.

ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް ތަފާތު އެތައް އިދާރާތަކަކުން ލިބޭ ގޮތަށް އިންތިޒާމުތައް ރޭވިފައި ހުރުމަކީ ވިޔަފާރިވެރިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލަ އެކެވެ. އެހެންކަމުން އަލަށް އުފެއްދެވި ކުންފުންޏާ އެކު ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ހިޔާލު