Milan Cricket Awards Night 2019 Raeesuljumhooriya sharafuveri kohdhehvaifi
image
0 ކޮމެންޓް
 

"ކްރިކެޓް އެވޯޑް ނައިޓް" ހަފުލާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

"މިލާން ކްރިކެޓް އެވޯޑް ނައިޓް" ޙަފުލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި މި ޙަފުލާގައި، 2018 ވަނަ އަހަރުގެ އެންމެމޮޅު 3 ކްރިކެޓަރުންނަށް، މިލާން އެކަޑަމީން ދޭ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިލާން ކުރިކެޓް އެކަޑަމީން 2020ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިކެޓް މުބާރާތުގެ ލޯގޯ ވެސް އިފްޠިތާޙް ކޮށްދެއްވާފައެއެވެ.

މިލާން ކުރިކެޓް އެކަޑަމީއަކީ 2009 ވަނަ އަހަރު އުފައްދާފައިވާ އެކަޑަމީއެކެވެ. މިރޭ ބޭއްވި ޙަފުލާއަކީ އެ އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަފުލާއެކެވެ. މިލާން އެކަޑަމީން ތަމްރީނުވެފައިވާ ކުޅުންތެރިން ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކިއެކި ކުރިކެޓް މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ކުރިކެޓްގައި މުހިންމު ކާމިޔާބީތަކެއް ހޯދައިދީފައިވެއެވެ.
ހިޔާލު